ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަސްތާބީޗް ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ މައިޒާން ބިމަށްއަރާ ރުއްގަހުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ.

            ވޭމަންޑޫ ހުޅަނގުކޮޅު، ސްކޫލްގެ ހުޅަނގުން، ޣާޒީމަގުގެ ދެކުނުން، ރަބީޢީމަގުގެ އުތުރުން، ބަސްތާބީޗްގައި މައިޒާނެއް ތަރައްޤީ ކުރުމަށްޓަކައި، އެސަރަޙައްދުގައިވާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން އެ ރުއްގަސްތައް، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް ބުނެވިދިޔަ ބިމުގެ ސަރަޙައްދުގައި އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޖުލައި 2026
ހޯދާ