ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމިކް ޔުނިވަރސިޓީއަށް ދޫކޮށްފައިވާ ބިމުގެ ދެކުނުފަރާތު މަގާއި ސަރަޙައްދު ރުއްގަހުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ.

            އިސްލާމިކް ޔުނިވަރސިޓީއަށް ދޫކުރެވިފައިވާ ގޯތީގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުންދާތީ، ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގޯއްޗަށް ގެންދިއުމާއި ސާމާނު ބެހެއްޓުމަށް މަގާއި، މަގުހިމެނޭ ސަރަޙައްދު ހަދަން ބޭނުންވާތީ، ބުނެވިދިޔަ ގޯތީގެ ދެކުނުން އޮތްމަގާއި ސަރަޙައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން އެ ރުއްގަސްތައް، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގަވައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް މަގާއި ސަރަޙައްދުގައި އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޖުލައި 2026
ހޯދާ