ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ހޭޅިފަށުން ގަސްކެނޑުމާ، ހޭޅި ސަރަހައްދުން ވެލިނެގުން މަނާކުރުން
ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން 60 ފޫޓް ފުޅާ ސަރަހައްދުގައި ހެދިފައިހުރި ހުރިހާބާވަތެއްގެ ރުކާއި، ގަހަކީ ގާނޫނީގޮތުން ކެނޑުން މަނާ ރަށުގެ ހޭޅިފަށުގެ ގޮތުގައި ހިމާޔަތްކުރަން ޖެހޭ ސަރަހައްދެކެވެ. ނަމަވެސް އެކިއެކި ބޭނުމަށް ހޭޅިފަށުން ރުއްގަސްކެނޑުމާއި، އެކިބޭނުމަށް ހޭޅިފަށުން ވެލިނަގާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ ރަށުގެ ހޭޅިފަށުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު (ރިންގްރޯޑުން ފެށިގެން އަތިރިއަށްވާ ސަރަހައްދު) ގެ އެއްވެސް ހިސާބަކުން ރުއްގަސް ކެނޑުމާ، އެސަހައްދުގެ ބިމުން ވެލި ނެގުމަކީ މަނާކަމެއްކަމުގައި އަންގަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 މުޙައްރަމް 1448
07 ޖުލައި 2026
