މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޓެކްސް އެންޑް ރެވެނިއު (ޕީ. އެސް. ރޭންކް 7)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޓެކްސް އެންޑް ރެވެނިއު (ޕީ. އެސް. ރޭންކް 7)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ،ޓެކްސް އެންޑް ރެވެނިއު(ޕީ. އެސް. ރޭންކް 7)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ރިސްކް މެނޭޖްމަންޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / ރިސްކް މެނޭޖްމަންޓް ޑިވިޜަން / އިންޓެލިޖަންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155  ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކޮމްޕްލަޔަންސް ރިސްކް އަދި ޓެކްސް ކްރައިމްއާ ގުޅޭ ސްޓްރެޓެޖިކް، ޓެކްޓިކަލް އަދި އޮޕަރޭޝަނަލް އިންޓެލިޖެންސްގެ ދިރާސާ ކަރުދާހާއި ޕޮލިސީ ނޯޓްތައް ތައްޔާރުކުރުމާއި، މީރާއާއި ދިވެހިރާއްޖެ އަދި ބައިނަލްއަޤްވާމީ އިންޓެލިޖެންސް އެޖެންސީތަކާ މުހިއްމު މައުލޫމާތު ބަދަލުކުރުމާއި މީގެ އިތުރުން އިންޓެލިޖެންސްއާ ގުޅޭ އެންމެހާ ޑާޓާ ދެނެގަނެ އެނަލައިޒްކޮށް، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން.

ޝަރުޠު:

 -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ،ޓެކްސް އެންޑް ރެވެނިއު(ޕީ. އެސް. ރޭންކް 7)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ރިސްކް މެނޭޖްމަންޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / އިންވެސްޓިގޭޝަން ޑިވިޜަން / ކްރިމިނަލް އިންވެސްޓިގޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155  ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އިންވެސްޓިގޭޝަން ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ޖިނާއީ ތަހުގީގުކުރަން ޖެހޭކަމަށް ކަނޑައަޅާ މައްސަލަތައް ތަހުގީގުކުރުމާއި، އެފަދަ ކޭސްތަކުގެ އިންވެސްޓިގޭޝަން ޕްލޭން ތައްޔާރުކުރުމާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ބަލައި ފާސްކުރުމާއި، ތަހުގީގުތަކުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލުކުރުމާއި އަދި މި ނޫންވެސް ޖިނާއީ ތަހުގީގާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

ޝަރުޠު:

 -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

- އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ޖުލައި 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް

Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

                                                          

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

07 ޖުލައި 2026
ހޯދާ