ދިވެހިރާއްޖެ
ގައްދޫ ކައުންސިލްގެ ކުޅިވަރު ކްލަބް، ގައްދޫ ރެކްރިއޭޝަން ކްލަބް (ޖީ.އާރު.ސީ) ގެ ޙަރަކާތްތެރި މެމްބަރުން އަދި ޝަރަފުވެރި މެމްބަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
(ހ) ގައްދޫ ރެކްރިއޭޝަން ކްލަބުގެ ޙަރަކާތްތެރި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ކުރިމަތިލެވޭނީ ގައްދޫ ކައުންސިލްގެ ދާއިމީ މުވައްޒަފުންނަށް އެކަނިއެވެ. ކުލަބްގެ މެމްބަރެއްގެ ގޮތުގައި މި މުވައްޒަފުން ރަޖިސްޓްރީ ވުމަށްފަހު ކައުންސިލްގެ މުވައްޒަފުންގެ ގޮތުގައި ދެމިތިބިހާ ހިނދަކު އެ މުވައްޒަފުން ބެލެވޭނީ ޙަރަކާތްތެރި މެމްބަރުންގެ ގޮތުގައެވެ.
(ށ) ޝަރަފުވެރި މެންބަރުންނަކީ ގައްދޫގެ އިސް ރަށްވެހީންގެ ގޮތުގައި ތިބި އުމުރުން 55 އަހަރުވެފައިވާ ބޭފުޅުންނާއި، ގައްދޫގެ ރަށްވެހިންގެ ތެރެއިން ދިވެހި ދައުލަތަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ޝަރަފުވެރި މެމްބަރެއްގެ ގޮތުގައި ވުމަށް ބޭނުންވާ ފަރާތްތަކާއި، ގައްދުއަށް ނުވަތަ ކުލަބަށް އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އަދި ކުޅިވަރުގެ ރޮނގުން ގައްދޫއަށް ޤައުމީ އިނާމް ހޯދައިދީފައިވާ ފަރާތްތަކެވެ.
(ށ) ގައި މިހެން ބަޔާންކުރެވިފައިވީ ނަމަވެސް ކުލަބުން ރާވާ އިންތިޒާމްކުރާ ޙަރަކާތްތަކާއި، ދޭ ޚިދުމަތްތަކުގައި ޙަރަކާތްތެރި މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް ބައިވެރިވެވޭނީ އެކަމަށްޓަކާ އެކުލަވާލެވޭ އުސޫލާ އެއްގޮތަށެވެ. ގައްދޫ ރެކްރިއޭޝަން ކްލަބްގެ މެމްބަރުންގެ އަތުން އެއްވެސް ފީއެއް އަދި ޗަންދާއެއް ވެސް ނުނަގާނެއެވެ. ވީމާ، ޖީ.އާރު.ސީގެ ޙަރަކާތްތެރި މެމްބަރުން އަދި ޝަރަފުވެރި މެމްބަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 14:00ކުރިން ތިރީގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީކޮށްދެއްވުން އެދެމެވެ.
ޙަރަކާތްތެރި މެމްބަރަކަށް ވުމަށް ރަޖިސްޓްރީވުމަށް: https://forms.gle/pnd2ZRQhg71RdMKa8
ޝަރަފުވެރި މެމްބަރަކަށް ވުމަށް ރަޖިސްޓީވުމަށް: https://forms.gle/SGGFeCkqhJaif3W17
މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
