މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަޓްތަކުގައި ހުރި ޖޯލިތައް އެސް.އެސް ޖޯލިއަށް ބަދަލުކޮށް ހަދައިދޭނެ ފަރާތެއް ހޯދުމަށް!

އިޢުލާން

            ކ.ހިންމަފުށީގެ ބަނދަރު ހަޓް އަދި ޖަފަނާ ޕާރކްގައި ހުރި ޖޯލިތައް އެސް.އެސް ޖޯލިއަށް ބަދަލުކޮށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

            މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ކ.ހިންމަފުށީގެ ބަނދަރު ހަޓް އަދި ޖަފަނާ ޕާރކްގައި ހުރި ޖޯލިތައް އެސް.އެސް ޖޯލިއަށް ބަދަލުކޮށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.        

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.          

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގުރޫޕް އަދި ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6642024 ފޯނާ ގުޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2026
ހޯދާ