މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި 2026 ގައި މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން

އިޢްލާން

 

  • ރައްޔިތުންނާއި ބައްދަލުކުރުން:-

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި 2026 ގައި މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ10:00  ގައި ގުޅީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރގައި އޮންނާނެއެވެ.

  • ބައްދަލުވުމުގެ އެޖެންޑާ:

1-      ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުން.

2-      2027 ގެ މަސައްކަތު ތާވަލާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

3-      ރައްޔިތުންގެ ސުވާލާއި ޖަވާބު.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

20 މުޙައްރަމް 1448

05 ޖުލައި 2026

 

 

05 ޖުލައި 2026
ހޯދާ