ދިވެހިރާއްޖެ
އައްޑޫ ހުޅުދޫގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި، މީހުން ދިރިނޫޅޭ ގިނަ އަދަދެއްގެ ގޯތިތަކެއް ހުރިކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މި ގޯތިތަކާއި، އެ ގޯތިތަކާ އިންވެގެންވާ މަގުތަކުގައި ވަރަށް ބޮޑަށް ވިނަފަޅާ ގަސްބޯވެފައި ހުރުމުގެ ސަބަބުން، މަގުތަކުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދެއެވެ.
މިގޮތަށް ގޯތިތައް ބެލެހެއްޓުމެއްނެތި ދޫކުރެވިފައިވުމުގެ ސަބަބުން، އިޖުތިމާޢީ އެކި މައްސަލަތަކުގެ އިތުރުން، މަދިރި އާލާވުން ފަދަ ސިއްޙީ ނުރައްކާތައް ކުރިމަތިވެ، ރަށުގެ ސާފުތާހިރުކަން ގެއްލެމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.
ރަށުގައި ސާފުތާހިރު ވެއްޓެއް ގާއިމުކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަކީ މި ކައުންސިލުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އެހެންކަމުން، މިދެންނެވި ފަދަ ގޯތިތަކުގެ ވެރިފަރާތްތަކުން، މިފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް މި ފުރުސަތުގައި ހަނދާންކޮށްދެމެވެ.
މިކަމުގައި ރަށުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ. އިތުރު މައުލޫމާތާއި ކައުންސިލްގެ އެހީތެރިކަން ބޭނުންވާނަމަ ކައުންސިލާއި އީމެއިލް އަދި ފޯނުގެ ޒަރިއްޔާއިން ޙިއްސާކުރުމަށް ދެންނެވީމެވެ.
|
އީމެއިލް |
|
|
ފޯނު ނަންބަރު |
6894655 |
