ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/4،465 ރުފިޔާ

ސަރވިސް އެލަވަންސް

-/1،500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ފޫޅުމާ ފޯމާއި، އުފަންދުވަހުގެ ރަޖިސްޓްރީ ހަދައިދިނުމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުމާއި، ވިހާ މަރުވާއާއި ރަށުގެ އާބާދީގެ އުނިއިތުރު ބެލެހެއްޓުން.

2. ވިޔަފާރިކުރާ ތަންތަނާއި ސައިހޮޓާ، ފިނިކުރި ތަކެތި ވިއްކާ ތަންތަނާއި، ކާބޯތަކެތި ވިއްކާ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުން.

3. ކައުންސިލް އިދާރާގެ ޔައުމިއްޔާ ލިޔުމަށްޓަކައި ނަގަންޖެހޭ މަޢުލޫމާތުތައް ރަނގަޅަށް ނެގުމާއި، ދުވަހު ޔައުމިއްޔާ ލިޔުން.

4. ކައުންސިލުގެ އާންމު ބައްދަލުވުންތަކުގެ އެޖެންޑާއާއި، ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުމާއި، އާންމު ބައްދަލުވުމުގެ ހުށަހެޅޭ ހުށަހެޅުންތައް ފާސްވިގޮތް އާންމުކުރުމާއި، ފައިލްކުރުން.

5. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް މުއްދަތަށް ފޮނުވުން.

6. ގޯތީގެ ރަޖިސްޓްރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުން.

7. ކައުންސިލް އިދާރާގެ އިންވެންޓްރީ (އަންނަ އުނިއިތުރު ގެނައުމާއެކު) ލިޔެ ބެލެހެއްޓުން.

8. ބަންދުމީހުންގެ ރެކޯޑްތައް ލިޔެ ބެލެހެއްޓުމާއި، އެމީހުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ކުށުގެ ރެކޯޑް ލިޔެ ބެލެހެއްޓުން.

9. ކައުންސިލަށް އަންނަ ލިޔެކިޔުންތައް އެންޓުރީކުރުމާއި ފައިލްކުރުން.

10. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

11. މުއައްޒަފުގެ ވާޖިބުތަކުގެ އިތުރުން، މުޅިތަނަށް ދިމާވާ ކުއްލި، އިމަޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

އެހެނިހެން ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން ކަނޑައެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. . ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. އެކްރެޑިޓްކުރެވިފައި ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކޮށް، ވަޒީފާ އަދާކޮށްފައިވާ ތަންތަނުން/އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6500023 ނަންބަރު ފޯނާއެވެ.

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ