ދިވެހިރާއްޖެ
އިޢުލާން
| މަޤާމު: | ސީނިއަރ ސުޕަވައިޒަރ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 2 | 
| މަޤާމުގެ ރޭންކް: | ޖީ. އެސް. 4 | 
| އަސާސީ މުސާރަ: | -/5،020 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: | ޕްރޮކިއުމަންޓް، ސްޓޮކް އެންޑް މެއިންޓެނަންސް ސެކްޝަން، ފެމިލީ ކޯޓު | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް: | - ސަރވިސް އެލަވަންސް: -/1،500 ރުފިޔާ، - ލިވިންގ އެލަވަންސް: -/2،700 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40، - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. | 
| 
 
 އަސާސީ ޝަރުތު: | - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| 
 
 
 މައިގަނޑު މަސްއޫލިއްޔަތު: 
 
 | - ކޯޓު އަމުރު ބެހުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކޯޓު އަމުރު ބެހުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ޙައްލުކުރުން. - ކޯޓުގެ ޢިމާރާތް ޗެކްކޮށް، މަރާމާތަށް ބޭނުންވެފައިވާ ތަންތަން ފާހަގަކޮށް، ސުޕަވައިޒަރުގެ ޢިރުޝާދާއެކު މަރާމާތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. - ކޯޓުތެރެ ފޮޅައި ސާފުކުރުމުގެ ކަންކަން ބެލުމާއި، ކޯޓު ތެރޭގެ ސާފުތާހިރުކަން ކަށަވަރުކުރުން. - އެކިއެކި އޮފީސްތަކަށް ފޮނުވޭ ސިޓީއާއި، މެސެޖާއި، ރިޕޯޓާއި، ލިޔުންފަދަ ތަކެތި އެފަރާތްތަކަށް ގެންދިއުން. - ކޯޓުގެ މެއިންޓެނެންސް މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. - މީގެ އިތުރުން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް. | 
| 
 
 
 
 ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. | 
| ސުންގަޑި: | 10 ފެބުރުވަރީ 2016 ގެ 14:30 ކުރިން. | 
| 
 
 އިތުރު މަޢުލޫމާތު: | - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މިވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 16 ރަބީއުލްއާޚިރު 1437 | |
 
                    