ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ނަންބަރު GS-195/2016/VIU-02 ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވާ ފަރާތެއް ކުރިމަތިލާފައިވާ ނުވާތީ، އެ ޢިއުލާން ބާޠިލުކޮށްފައި އަލުން ޢިއުލާން ކުރަމެވެ.

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާއޮތް އޮފީސް: ގއ. ނިލަންދޫ ސްކޫލް

ވަޒީފާ ޢަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް، ގއ. ނިލަންދޫ

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި ޔޫ. ކޭ. ޖީ. ގެ ކުލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރީސްކޫލް އެސިސްޓެންޓް ޓީޗަރ

SG 1

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

-/3565

-/1500

ޕްރީސްކޫލް ޓީޗަރ

GS 2

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/4000

-/1500

ޕްރީސްކޫލް ޓީޗަރ

GS 3

ޕްރީ ސްކޫލް ޓީޗަރ 3

ޕްރީސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/4465

-/1500

ޕްރީސްކޫލް ޓީޗަރ

GS 4

ޕްރީ ސްކޫލް ޓީޗަރ 4

ޕްރީސްކޫލް ޓީޗިންގ ގެ ދާއިރާއިން، ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ކިޔަވައިދިނުމުގެ ރޮނގުން ސެޓްފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

-/5020

-/1500

ޕްރީސްކޫލް ޓީޗަރ

MS 1

ޕްރީ ސްކޫލް ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

-/5610

-/2000

ޕްރީސްކޫލް ޓީޗަރ

MS 2

ޕްރީ ސްކޫލް ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން.

-/6295

-/2000

ޕްރީސްކޫލް ޓީޗަރ

MS 3

ޕްރީ ސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

ޕްރީ  ސްކޫލް  ޓީޗަރ  6  ގެ  މަޤާމުގެ  ޝަރުޠު  ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7035

-/2000

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)

2- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

3- މަސައްކަތުގެ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %25)

4- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: % 17)

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 2 ދުވަހާއި 10 ދުވަހާ ދެމެދުގައި ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީގޮތް:

- މި މަޤާމަށް އެދޭ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި، މި އިދާރާ (ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސްކޫލް) އަށް ހުށަހެޅުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ސުންގަޑި: 

2016 ފެބުރުވަރީ 1 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމުގައި މަސައްކަތްކުރާ ފަރާތަކަށް ސިވިލް ސަރވަންޓުންނަށް ކަނޑައެޅިފައިވާ އުސޫލުން މަހުންމަހަށް މުސާރައާއި ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ ޢަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ. ވީ.)

 14 ރަބީޢުލްއާޚިރު 1437

24 ޖަނަވަރީ 2016
ހޯދާ