ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮލިމްޕިކް ސޮލިޑަރިޓީ ޓެކްނިކަލް ކޯސް ފޯރ ކޯޗަސް (ބީ.ޑަބްލިއު.އެފް ލެވަލް 1)

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މިއެސޯސިއޭޝަން ގުޅިގެން 20 ޖުލައި އިން 25 ޖުލައި އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސޮލިޑަރިޓީ ޓެކްނިކަލް ކޯސް ފޯރ ކޯޗަސް (ބީ.ޑަބްލިއު.އެފް ލެވަލް 1) ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ފަރާތްތަކުން 7 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބައިވެރިވުމަށް އެދި އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިލް ކުރައްވާނީ: ސިވީ އަދި އައިޑި ކާޑު ކޮޕީ އާއިއެކު [email protected]

 

ކޯހަށް ބައިވެރިން ހޮވުމުގައި މިވަގުތު އެކްޓިވްކޮށް ބެޑްމިންޓަން ކޯޗިންގ ގައި ޙަރަކާތްތެރިވާ މާލެ އަދި އަތޮޅުތެރޭގެ ފަރާތްތަކަށް އިސްކަން ދެވޭނެކަންވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ޖުލައި 2026
ހޯދާ