މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ފޮއްދޫގައި ތަރައްޤީ ކޮށްފައިވާ ލޯކަލް ބީޗް (ކައްތިރި ބީޗް) ސަރަޙައްދުގައި ހުރި ޢާންމުންގެ ރުއްގަހުގެ މައުލޫމާތު ހޯދުން

          ނ. ފޮއްދޫގައި ތަރައްޤީ ކޮށްފައިވާ ލޯކަލް ބީޗް (ކައްތިރި ބީޗް) ސަރަޙައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މައުލޫމާތު ހޯދަން ބޭނުންވެއެވެ. ވީމާ މިއިޢުލާނުގައި މިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ  ސަރަޙައްދަށް އަރާ ރުއްގަހުގެ ވެރިންގެ ނަމާއި، ގޭގެ ނަމާއި، ގޭގެ ނަންބަރ، ގުޅޭނެ ނަންބަރ އަދި ރުއްގަހުގެ އަދަދު ބަޔާން ކުރައްވާ 9410016 ނަންބަރ އަށް 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވައިބަރ ކޮށްދެއްވުން އެދެން ނޫންނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ދުރުވެ މިދެންނެވުނު މަޢުލޫމާތުތައް ނޯޓް ކޮށްދެއްވުން އެދެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

02 ޖުލައި 2026
ހޯދާ