ދިވެހިރާއްޖެ
އިޢުލާން
މަގާއި ގޯޅި އަދި ގޯތިތަކުގައި ހައްދާފައި ހުންނަ ގަސްގަހުގެ ގޮފިތައް ކޮށުން
މިރަށު މަގުތަކާއި ގޯޅިތައް އަދި ބައެއް ގޯތިތަކުގައި އިންދާފައި ހުރި ގަސްގަހުގެ ގޮފިތަކާއި، ރުއްތަކުގެ ފަންތައް އާންމުންނަށް އުނދަގޫވާގޮތައް މަގަށް ނުކުމެފައި ހުރުމާއި އަދި މަގުމަތީ ހައްދާފައިވާ މާގަސްތައްވެސް 2 ފޫޓަށްވުރެ ބޭރަށް މަގަށް ނެރެފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އިންޖީނުލީ ދުއްވާތަކެތި ނުދުއްވޭގޮތަށްވެސް ބައެއް މަގުތަކުގައި ގަސްހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ގަސްގަހާގެހި ހުރުމުން، ހިނގާ ބިނގާވާ ފަރާތްތަކާއި ދުއްވާ އުޅަނދުތަކަށް އެކަމުގެ ދަތި އުނދަގޫ ކުރިމަތިވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
ވީމާ، ހިނގާ ބިނގާވާ ފަރާތްތަކާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތައް މަގާއި ގޯޅިއަށް ވާގޮތައް ހުރި ގަސްގަހުގެ ގޮފިތަކާއި، މަގު ބެދޭގޮތަށް ހައްދާފައިވާ ގަސްތައް މިއަދުން ފެށިގެން 7 ދުވަސް ތެރޭގައި ކޮށުމަށާއި 2 ފޫޓަށްވުރެ ބޭރަށް މަގުމަތީ ހައްދާފައިހުރި މާގަސްތައްވެސް ކޮށުމަށް އެގޯތިތަކުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި މިގޮތައް ހުރި ގަސްތައް ނުކޮށާނަމަ، ކައުންސިލުން މަގަށް ނިކުމަފައި ހުރި ގަސްތައް ކޮށުމުގެ މަސައްކަތް ކުރާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
