ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެސިސްޓެންޓް ގައިޑް |
މަޤާމް: |
ދާއިމީ |
ވަޒީފާގެ ގިންތި: |
ޖީ. އެސް. 4 |
މަޤާމުގެ ރޭންކް: |
އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ހެރިޓޭޖް ސެކްޝަން |
ސެކްޝަން: |
މަހަކު -/5،020 ރުފިޔާ |
މުސާރަ: |
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
މަޤާމް އޮތް އޮފީސް: |
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ހއ. އުތީމު |
އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް: |
08:00 އިން 14:00 އަށް |
ރަސްމީ މަސައްކަތު ގަޑި: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
1. އުތީމު ގަނޑުވަރާއި، ކަނދުވަލު މިސްކިތް ބެލުމަށް ޒިޔާރަތްކުރާ ދިވެހިންނާއި ބިދޭސީންނަށް ގަނޑުވަރާއި ކަނދުވަލު މިސްކިތް ދެއްކުމާއި، އެތަންތަނާ ބެހޭގޮތުން ދެވެންހުރި ތާރީޚީ މަޢުލޫމާތުތައް ދިނުން. 2. ގަނޑުވަރުގައި ހިމެނޭ އެންމެހައި ތަންތަނާއި، އާސާރީ އަދި ތާރީޚީ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކަނދުވަލު މިސްކިތް ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 3. އުތީމު ގަނޑުވަރުގައި މިހާރު ހުރި ތަކެއްޗާއި، އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް، އަޕްޑޭޓްކޮށް، ބެލެހެއްޓުމަށް އެހީތެރިވެދިނުން. 4. އެގްޒިބިޓްކުރެވިފައި ހުންނަ ތަކެއްޗާއި، އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް، އަޕްޑޭޓްކޮށް، ބެލެހެއްޓުމަށް އެހީތެރިވެދިނުން. 5. ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފޮޓޯނަގައި، ފޮޓޯ އިންވެންޓްރީ ބެލެހެއްޓުން. 6. ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. މަޤާމުގެ މަސައްކަތާ ގުޅޭ ދާޢިރާތައް: މިއުޒިއޮލޮޖީ، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓަރީ، ކަލްޗަރ، ދިވެހިބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން ނުވަތަ މިއުޒިއަމް އެޑިޔުކޭޝަން، ކަލްޗަރަލް ސްޓަޑީސް، ހެރިޓޭޖް ސްޓަޑީސް، ހެރިޓޭޖް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް. |
މަޤާމުގެ މަސްއޫލިއްޔަތު: |
ވޮޗަރު |
މަޤާމް: |
ދާއިމީ |
ވަޒީފާގެ ގިންތި: |
268602 |
މަޤާމުގެ ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ހެރިޓޭޖް ސެކްޝަން |
ސެކްޝަން: |
މަހަކު -/3،100 ރުފިޔާ |
މުސާރަ: |
މަހަކު -/1،000 ރުފިޔާ |
ސަރވިސް އެލަވަންސް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
މަޤާމް އޮތް އޮފީސް: |
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ހއ. އުތީމު |
އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް: |
ޑިއުޓީ އުސޫލުން އޮފީހުން އަންގާ ގަޑިތަކުގައި |
ރަސްމީ މަސައްކަތު ގަޑި: |
1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. 2. ދަންފަޅި އުޞޫލުން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން. |
މަޤާމުގެ ޝަރުޠު: |
1. ހަނދާނީ މަރުކަޒާއި، ގަނޑުވަރުގެ ޢިމާރާތާ ގުޅިފައިވާ ތަންތަނާއި ގޯތިތެރެއަށް ގެއްލުމެއްދޭތޯ ބެލުން. 2. ޑިއުޓީއަށް ހުންނައިރު އެއްވެސް ހާލެއްގައި ނިދުމެއްނެތި ނަންބަރު 1 ގައިވާ ކަންތައްތަކަށް ސަމާލުވެ ބެލެހެއްޓުން. 3. ޑިއުޓީ ގަޑީގައި މީހަކު މަރުކަޒަށް ވަދެއްޖެނަމަ، އެމީހަކާ ބެހޭގޮތުން ސުވާލުކޮށް، މަސްލަޙަތު ނުގެއްލޭގޮތަށް ނުކުތުމަށް އެންގުން. 4. މަރުކަޒުގެ ގޯތިތެރެއަށް މީހަކު ވަދެ، ޤަވައިދާ ޚިލާފަށް ގެއްލުންދޭން އުޅޭނަމަ، އެކަމެއް ހުއްޓުވައި، އަވަހަށް ވެރިއަކަށް އެންގުން. 5. ޑިއުޓީ ބަދަލުވާ ގަޑީގައި ތަން ރަނގަޅަށް ބަލައި، ޗެކުކޮށް، ކަމެއް ދިމާވެފައިވާނަމަ، އެކަމެއްގެ މަޢުލޫމާތު ދެން ޑިއުޓީއާ ހަވާލުވާ ފަރާތަށް ދިނުން. 6. ސެކްޝަން/ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތުގައި އެހީތެރިވެދިނުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަޔްތައް ދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ނުވަތަ ބޮޑުތަކުފާނުގެ ހަނދާނީ މަރިކަޒުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން، ފޯމު ފޮނުވައިދެވޭނެ) - އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ކޯހެއްގެ ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ. - ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުމުގެ ކޮޕީ. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް) - ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓިފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ. - މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި) - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު، ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި، އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން: |
- ތަޢުލީމާއި ތަމްރީން. - މަސައްކަތުގެ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް، ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. |
ސްކްރީން ކުރުން: |
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) ނުވަތަ ބޮޑުތަކުފާނުގެ ހަނދާނީ މަރުކަޒަށް (ހއ. އުތީމު) |
ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3340206 ނަންބަރު ފޯނަށް ނުވަތަ 3323206 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. |
އިތުރު މަޢުލޫމާތު: |
15 ރަބީޢުލްއާޚިރު 1437