ދިވެހިރާއްޖެ
(IUL)38-AD/38/2026/732 :ނަންބަރު
އިޢުލާން
އެންޑް ޕޮއިންޓް މޮނިޓަރިންގ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ 2ވަނަ އިޢުލާނުގެ 1 ވަނަ އެމެންޑްމެންޓް
އެންޑް ޕޮއިންޓް މޮނިޓަރިންގ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)38-AB/38/2026/726 ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚު ލިޔުމުގައި އޮޅުމެއް އަރާފައިވާތީ، އެ ތާރީޚު އިޞްލާޙުކޮށް އަލުން އިޢުލާން ކުރަމެވެ.
ބީލަން ހުޅުވުން އޮންނާނީ 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 10:30ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
