މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ސާފުކޮށް ބޭއްވުމާ ގުޅޭ

ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ނުހަނު މުހިންމު ކަމެކެވެ. އެހެންނަމަވެސް، ރަށުގެ ހޭޅިފަށާއި އަވަށުން ބޭރު މަގުތަކާއި ގޯތިތަކާ އިންވެގެން ހުރި ތަންތަނަށް ފަންކުރުއްސާފައާއި، ގަސްކަނޑާފައި ކުނިއަޅާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.

           އެހެންކަމުން، މިއަދުން ފެށިގެން ފަންކުރުއްސާ ފަރާތްތަކުންނާއި ގަސްކަނޑާ ނުވަތަ ކޮށާ ފަރާތްތަކުން، ކުނި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް އޮންނަ އުޞޫލުގެ ތެރެއިން އެތަކެތި ގެންދިއުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. މި ގޮތާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެކަމުގައިވެސް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2026
ހޯދާ