އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

                                          `

އިންނަމާދޫ ސްކޫލް

  ރ. އިންނަމާދޫ    

                ނަންބަރު:(IUL)GS123/968/2026/07

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރ

މަޤާމުގެ ނަންބަރު:

J-443094

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ

މުސާރަ:

-/8384  ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2515  ރުފިޔާ

ޙާޒިރީ އިނާޔަތް:

-/68 ރުފިޔާ (އޮފީހަށް ޙާޒިރުވާ ކޮންމެ ދުވަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ދިރާސީ އަހަރެއް ނިމުމުގެ ލަސްވެގެން 5 ދުވަހުގެ ކުރިން ހިނގައިދިޔަ، އަހަރުގައި ސްކޫލުގައި ހިންގި ޞިއްޙީ ޙަރަކާތްތަކުގެ ޚުލާޞާ ރިޕޯޓާއި، ކުރިއަށް އޮތް ދިރާސީ އަހަރު ސްކޫލުގައި ހިންގާނެޞިއްޙީ ޕްރޮގްރާމްތައް ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ސްކޫލުގެ އިދާރާއަށް ހުށަހެޅުން.

  2.  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާ ، ދަރިވަރުންގެ ހެލްތު ސްކްރީން

     ކުރުމުގެ ދުވަސްތައް ސްކޫލުގައި ފާހަގަކުރުމާއި މިޕްރޮގްރާމުތަކުގެ ހުރިހާ ރިކޯޑުތަކެއް ބަރާބަރަށް ލިޔެ،

     ފޮނުވައި ބެލެހެއްޓުން. އަދި ރިސްކު އެސެސްމެންޓް ހެދުމާއި ރިކޯޑް ތައް ބެލެހެއްޓުން.

  3. ކޮންމެ އަހަރަކު ދަރިވަރުންނަށް ދޭންޖެހޭ ފަނީ ބޭހާއި، ވިޓަމިން އޭ ކެޕްސޫލް ދިނުމުގެ ޕްރޮގްރާމް، އެކަމަށް 

    މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑަ އަޅުއްވާފައިވާ ތާރީޚް ތަކުގައި ސިއްޙީ މަރުކަޒާއި ގުޅިގެން

    ހިންގުންއަދި މި ޕްރޮގްރާމް ހިންގުނު ގޮތާއި ބެހޭ ރިކޯޑުތައް ރަނގަޅަށް ލިޔެ ފައިލް ކޮށް ބެލެހެއްޓުމާއި އެ

    މަޢުލޫމާތު ސްކޫލު އެޑްމިނިސްޓްރޭޓަރުގެ އިރުޝާދުގެ ދަށުން ފޮނުވަންޖެހޭ އިދާރާތަކަށް ބަރާބަރަށް ފޮނުވުން.

  4. ދަރިވަރުންނާއި ބެލެނިވެރިންގެ އަދި ދަރިވަރުންނާއި ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ޞިއްޙީ 

     ހޭލުންތެރިކަމާއި، ޞިއްޙީ މަޢުލޫމާތު އިތުރުކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޞިއްޙީ

    މަރުކަޒާއި ގުޅިގެން ހިންގުމާއި، އެފަދަ ޙަރަކާތްތަކުގެ ރިކޯޑު ރަނގަޅަށް ލިޔެ ބެލެހެއްޓުން.ނިއުނޯމަލްގައި

    ހަވާލްކުރެވިފައިވާ ގޮތުގެ މަތީން މިނިސްޓްރީން އަންގާފައިވާ ސާކިއުލާއާއި އެއްގޮތްވާގޮތުގެމަތީން ކުރަންޖެހޭ

   ކަންކަން ކުރުން.

  5. ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި، ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި، މަދުވެގެންހަފުތާއަކު ދެފަހަރު

    ފާޚާނާތަކާއި، ކުލާސްތަކާއި، ދަރިވަރުންބޭނުންކުރާ އެހެނިހެން ޢިމާރާތް ތަކާއި، ގޯތިތެރެ ޗެކުކުރުމާއި، ހިރަފުސް

    ބޯ ދުވަސްތަކުގައި ގޯތިތެރެއަށް ފެންޖެހޭނެ އިންތިޒާމް ހަމަޖެއްސޭތޯ ބެލުން. އަދި ވިއްސާރަމޫސުމުގައި ސްކޫލު

    ގޯތިތެރޭގައި ހުންނަ މަދިރި އުފެދޭ ތަންތަނާއި،ފެނާއި ފެންއިސްކުރުތައް ރަނގަޅަށް ޗެކުކޮށް މަދިރި ނުއުފެދޭނެ

    ގޮތަށް އެތަންތަން ބެލެހެއްޓުމަށް މަސައްކަތް ކުރުން.

  6. ސްކޫލުގެ ދަރިވަރުންނަށް، ސްކޫލުގެ ތެރޭގައި އުޅޭއިރުއާއި، ސްކޫލުންބޭރުގައި ބާއްވާ އިތުރު ޙަރަކާތް ތަކުގައި

    އުޅޭއިރު ދިމާވާ ޞިއްޙީ މައްސަލާތަކުގައި އަވަސް ފަރުވާ ދިނުމާއި، ޞިއްޙީ މަރުކަޒަކަށް ދަރިވަރު ގެންދަން

    ޖެހިއްޖެނަމަ، އެފަދަ ކުދިން ޞިއްޙީ މަރުކަޒަށް ގެންދިއުމުގައި އިސްވެ ޙަރަކާތްތެރިވެ ކަމާއި ގުޅުންހުރި ހުރިހާ

    ފަރާތްތަކަށް އެހީތެރިވެ ދިނުން.

  7. ދުންފަތާއި މަސްތުވާ ތަކެތީގެ ނުރައްކަލާއި، އެހެނިހެން ގޮތް ގޮތުން ޞިއްޙަތަށް ގެއްލުން ލިބޭ ކަންކަމާއި ގުޅޭ

     މަޢުލޫމާތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދީ އެކަންކަމުން އެފަރާތްތައް ސަލާމަތް ވާނެ ގޮތްތައް ބުނެދީ

     އޮޅުންފިލުވައި ދިނުން.

  8. ސްކޫލަކީ ހެލްތު ޕްރޮމޯޓިންގް ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްކޫލުގެ ވެރިންގެ އިރުޝާދުގެ

     ދަށުން ކުރުން.

  9. ސްކޫލުގެ ފަސްޓް އެއިޑް ކިޓް ބެލެހެއްޓުމާއި، އެއަށްބޭނުންވާ ސްޓޮކް ސްކޫލުގެ މެނޭޖްމަންޓްގެ އެހީތެރިކަމާއި

     އެކު ހޯދުން. އަދި ލިބޭތަކެތީގެ ސްޓޮކް ރަނގަޅަށް ބެލެހެއްޓުން.

  10. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތައްޔާރުކުރާ ލީފްލެޓާއި، މައުލޫމާތު ކަރުދާސްތައް

      ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމާއި، ޞިއްޙީ މަޢުލޫމާތު އެކުލެވޭ ޕޯސްޓަރުތަކާއި، ލިޔުންތައް

      ސްކޫލުގެ ތެރޭގައި ޢާންމުކޮށް ފެންނާނޭހެން ޑިސްޕްލޭ ކުރުން.

  11. ދަރިވަރުންނަށާއި އެހެނިހެން ފަރާތްތަކަށް ހިންގޭ ޞީއްޙީ ޕްރޮގްރާމުތަކުގެ ރިކޯޑުތައް ރަނަގަޅަށް ލިޔެ

      ބެލެހެއްޓުމާއި، ކޮންމެ ޙަރަކާތެއް ހިނގައި ދިޔަގޮތުގެ ޚުލާޞާ ރިޕޯޓެއް އެ ޙަރަކާތް ނިމޭތާ ލަސްވެގެން

      ރަސްމީ 5 ދުވަހުގެ ތެރޭގައި ސްކޫލުގެ އިދާރާއަށް ހުށަހެޅުން.

  12. ދަރިވަރުންގެ ސާފުތާހިރުކަމާއި، އިސްކޮޅާއި ބަރުދަންބެލުމުގައި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި،

      އެމަޢުލޫމާތު ތަކުގެ ރިކޯޑުތައް ލިޔެ ރަނގަޅަށް ބެލެހެއްޓުން.

  13. ސްކޫލްގެ ދަރިވަރުންނަށާއި ސްކޫލްގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ

     އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް

     ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު

     ކޮށް ނިންމުން.

  14.  ސްކޫލާއި ސްކޫލުން ބޭރުގައިވެސް ދަރިވަރަކު އުޅޭގޮތަކުން ދަރިވަރަކު ރަނގަޅުކުރުމަށް ނަސޭހަތް

       ދޭންޖެހިއްޖެ ހާލަތެއްގައި އެދަރިވަރަށް ނަސޭހަތްތެރިވުން. އަދި ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި

      އާދަކާދަތަކާއި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ހިންގޭ

      މަސައްކަތްތަކުގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.   

ގުޅޭ ވަޒީފާގެ ދާއިރާތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް:

-  ހެލްތު ސަރވިސަސް

ތަޢުލީމީ ރޮނގުތައް:

  1. ކޮމިޔުނިޓީ ހެލްތު
  2. ނަރސިންގް
  3. ޕްރައިމަރީ ހެލްތު ކެއަރ
  4. ޕަބްލިކް ހެލްތު
  5. ހެލްތު ޕްރޮމޯޝަން

ޕްރިފަރޑް ޑިސޕްލިން:

       ނެތް

ކޯޑިސިޕްލިން ޑިސޕްލިން:

      ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

-  މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތްތައް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖުލައި 2026 ގެ 13:00 ގެ ކުރިން، އިންނަމާދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް (ޕްރެކްޓިކަލް)  އޮންނާނީ، 15 ޖުލައި 2026 އާއި 19 ޖުލައި 2026 އާއި ދެމެދު، އިންނަމާދޫ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580359 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 ޖުލައި 2026

02 ޖުލައި 2026
ހޯދާ