ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެ ގޮތުން ދެވޭ އިމްތިޙާނާބެހޭ
މި ފެކަލްޓީގެ ނަމްބަރު: 03 /2015/MED/153-FHS ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
އެ އިޢުލާނުގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރިގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ޖަނަވަރީ |
25 |
2 |
ފެބުރުވަރީ |
22،8 |
3 |
މާރިޗު |
21،7 |
4 |
އެޕްރީލް |
18،4 |
5 |
މޭ |
30،16،2 |
6 |
ޖޫން |
27،13 |
އިމްތިޙާނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
-
އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނައި) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
-
އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓު ކުރިން އިމްތިޙާނަށް ހާޒިރުވުން.
-
އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ)، ނެޝަނަލް އައި.ޑީ ކާޑު (ދިވެއްސެއްނަމަ)، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެ ބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެނައުން.
އިތުރު މަޢުލޫމާތު މި ފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
18 ރަބީޢުލްއާޚިރު 1437