މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

އިޢުލާން

ކޮމެޓީގެ 4 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ރ. އިންނަމާގައި ދިރިއުޅޭ ސްކޫލް އުމުރުފުރައިގެ ތުއްތުކުދިންނާއި ސްކޫލް ކުދިންނަށް ހާއްސަކޮށް ހުޅުވައިލައިގެން ޤުރުއާން މުބާރާތެއް 2026 އޮގަސްޓް 6 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ތުއްތުކުދިންނާއި ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި،ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ތަމްސީލުކުރާނެ ޤާބިލް ކުދިން ރަށުން އުފެއްދުމަށް ބާރުއެޅުމެވެ.

އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 ޖުލައި 2026 އިން 23 ޖުލައި 2026ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިކައުންސިލްގެ ސާރވިސް ޕޯޓަލް ( ( services.ici.gov.mv މެދުވެރިކޮށް ރެޖިސްޓްރީކުރުމަށް ދަންނަވަމެވެ.

  މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                 

01 ޖުލައި 2026
ހޯދާ