ދިވެހިރާއްޖެ
|
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް އަދި ސައިކޮތެރަޕިސްޓުންގެ މަގާމަށް މުވައްޒަފުން ހޯދުން ސްޕީޗް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް އަދި ސައިކޮތެރަޕިސްޓުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ. މި މަޤާމަށް ހޮވޭ ފަރާތްތައް އައްޔަންކުރާނީ މިނިސްޓްރީން ކަނޑައަޅާ ސިއްހީ ޙިދުމަތްދޭ ތަންތަނަށެވެ. |
|||||||||||||||||||||
|
ބޭނުންވާ އަދަދު: |
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް 6، އޮކިއުޕޭޝަނަލް ތެރަޕިސްޓް 10، ސައިކޮތެރަޕިސްޓް 10 |
||||||||||||||||||||
|
މަޤާމުގެ މުސާރައާއި އެލަވަންސްތައް: |
|
||||||||||||||||||||
|
އެހެނިހެން އެލަވަންސް |
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް. |
||||||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. * މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް އޮތް ފަރާތަކަށްވުން އޮކިއުޕޭޝަނަލް ތެރަޕިސްޓް، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. * މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް އޮތް ފަރާތަކަށްވުން އޮކިއުޕޭޝަނަލް ތެރަޕިސްޓް، (ޕަބްލިކް ސަރވިސް ރޭންކު 9- ސްޓެޕް 1)
|
||||||||||||||||||||
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް: |
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް ސްޕީޗް އެންޑް ލެންގުއޭޖް ޕެތޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ޕެތޮލޮޖީ، ސްޕީޗް ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ، ސްޕީޗް އެންޑް ލެންގުއޭޖް ޕެތޮލޮޖީ، ސްޕީޗް ޕެތޮލޮޖީ، އޯޑިއޮލޮޖީ، ސްޕީޗް ތެރަޕީ، ކޮމިއުނިކޭޝަން ސައިންސް، ހިއަރިންގ ސައިންސް އޮކިއުޕޭޝަނަލް ތެރަޕިސްޓް އޮކިއުޕޭޝަނަލް ތެރަޕީ، ފިޒިކަލް ރިހިބިލިޓޭޝަން، ސްކޫލް ސިސްޓަމް އޮކިއުޕޭޝަނަލް ތެރަޕީ، ސްކޫލް ބޭސްޑް އޮކިއުޕޭޝަނަލް ތެރެޕީ، ހެލްތް އެންޑް ފިޓްނަސް، އެކްސަރސައިޒް ސައިންސް، ކިނިސްސިއޮލޮޖީ، ފިޒިކަލް އެޑިއުކޭޝަން، ސްޕޯރޓްސް ސައިންސް، ފިޒިއޮލޮޖީ އޮކިއުޕޭޝަނަލް ތެރަޕިސްޓް ކައުންސެލިންގ، ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ، މެންޓަލް ހެލްތު ކައުންސެލިންގ، ރިހެބިލިޓޭޝަން ކައުންސެލިނގ، ތެރަޕިއުޓިކް ކައުންސެލިންގ، އެޑިކްޝަން ކައުންސެލިންގ، ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް، މެރޭޖް އެންޑް ފެމެލީ ކައުންސެލިންގ، ސްކޫލް ކައުންސެލިންގ، މެރޭޖް އެންޑް ފެމެލީ ތެރަޕީ، ބިހޭވިއަރަލް ސައިކޮލޮޖީ، އެޕްލައިޑް ބިހޭވިއަރ އެނަލިސިސް، ސައިކޮތެރަޕީ، ކައުންސެލިންގ އެންޑް ސައިކޮތެރަޕީ، ސައިކޮތެރަޕީ ކައުންސެލިންގ، ކްލިނިކަލް ސައިކޮތެރަޕީ |
||||||||||||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް އޯޑިއޮލޮޖީ ނުވަތަ ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ މަސައްކަތްތަކާއި އެ ދާއިރާއިން ފަރުވާ ދިނުމުގެ މަސައްކަތަތަށް އޮކިއުޕޭޝަނަލް ތެރަޕިސްޓް އޮކިއުޕޭޝަނަލް ތެރަޕީ އޮކިއުޕޭޝަނަލް ތެރަޕިސްޓް ކައުންސެލިންގ |
||||||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.) 5. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://forms.gle/2hNXQ45susSYicCM8 ލިންކު މެދުވެރިކޮށް 30 ޖުލައި 2026 ގެ 13:00 ގެ ކުރިން. |
||||||||||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،2026 ޖުލައި/ އޮގަސްޓް މަހު މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3014409,3014407,3014408) އަށެވެ. |
|||||||||||||||||||||
