އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް - އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

(IUL)38-AC/38/2026/728 :ނަންބަރު

 

އިޢުލާން

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް

މިކޮމިޝަނުގެ ނަންބަރު  (IUL)38-AC/38/2026/44 އާއި (IUL)38-AC/38/2026/676 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް 2026 ޖަނަވަރީ 17 އިން ފެބުރުވަރީ 1 އަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވެއެވެ. އަދި 2026 ޖޫން 20 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް 2026 މޭ 3 އިން 18 އަށް ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 6-56 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބާއްވަންޖެހޭ ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ގެ މަޤާމުގެ އިންތިޚާބު، 2026 އޮގަސްޓު 22 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2026ޖުލައި 1 ވާ ބުދަ ދުވަހުން ފެށިގެން ،2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލައިފީމެވެ.

#

ރަށް / ދާއިރާ

މަޤާމު

އިންތިޚާބު ކުރަންޖެހޭ އަދަދު

1

 ވ. ރަކީދޫ

 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް

1

 

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  7. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  9. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
  11. (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

(ށ) ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މިކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން "މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓް އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ގައިޑް" މި އިޢުލާނާއެކު ޢާންމުކުރީމެވެ.

(ނ) ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

1. އިންތިޚާބަށް ކުރިމަތިލާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް 1Mb އަށްވުރެ ބޮޑުނުވާގޮތަށް PDF ފޯމެޓުގައި އަޕްލޯޑުކުރުން.

2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު.

- ފޯމުގައިވާ ހުރިހާ ބައިތަކެއް ފުރިހަމަކޮށް، އިޤުރާރު ކިޔައި، އިޤުރާރާ ދިމާލުގައިވާ ގޮޅީގައި ފާހަގަލުމަށްފަހު "އެޕްލިކޭޝަން ސަބްމިޓް ކުރުމަށް" ފިތާލުމުން ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ.

3. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރު ކޮށްދޭ އެ ސިޔާސީ ޕާޓީގެ ޤަރާރު .

- ކުރިމަތިލާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް ނަގައިފިނަމަ އެ ސިޔާސީ ޕާޓީއިން ޤަރާރު އެޕްރޫވް ކުރުމުގެ ރިކުއެސްޓެއްދާނެ. ސިޔާސީ  ޕާޓީއަކުން އެ ރިކުއެސްޓް "އެކްސެޕްޓް" ނުވަތަ "ރިޖެކްޓް" ކުރާނީ ކޮމިޝަނުން ދީފައިވާ ލޮގިން ބޭނުންކޮށްގެން ސިމެދަ ޕޯޓަލް އިން.

4.  ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތައް.

5. އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ނިޝާން ނުވަތަ ލޯގޯ ބޭނުންކުރާނަމަ ނިޝާން ނުވަތަ ލޯގޯ.

6. އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ.

- މި އިޢުލާނުގެ (ނ) ގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައިވާ، އަމިއްލަ ގޮތުން އަދި ސިޔާސީ ޕާޓީތަކުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި ނިޝާން ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ ނުވަތަ އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ ޖަދުވަލު 3 ގައިވާ "ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިޝާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯ އާއި ނިޝާން ނުވަތަ ލޯގޯ އާއި އާންމު ނަން ޖެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތަށެވެ.

- މިގޮތުން ހުށަހަޅާ ނިޝާން ނުވަތަ ލޯގޯއަކީ  ސައިޒުގައި  20mm - 25mm x 20mm - 25mm ހުންނަ،   JPEG ނުވަތަ PNG ފޯމެޓުގައިވާ 1Mb އަށް ވުރެ ކުޑަ ފޮޓޯއަކަށް ވާންވާނެއެވެ. އަދި މި ތަކެތި ހުށަހަޅާނީ މައި ޕޯޓަލް މެދުވެރިކޮށެވެ.

7. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ.

- އިދާރީ ފީ ދައްކާނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މައި ޕޯޓަލްއިން.

8. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ފުރިހަމަ ކޮށްފައިވާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ މުޅި އުމުރަށް ނަގާފައިވާ ކުށާއި، ދަރަނީގެ ރެކޯޑު. މި ރެކޯޑަކީ 2026 ޖުލައި 1 ގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެއެވެ.

- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓަރޭޝަނުން އުމުރަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާނީ އެ ޑިޕާޓްމަންޓުގެ ޕޯޓަލް records.judiciary.gov.mv އިންނެވެ.

9. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަ ކޮށްފައިވާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު. (އިޢުލާނާއެކު އެޓޭޗްކުރެވިފައި)

- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ [email protected] އަށް، ފުރިހަމަކޮށްފައިވާ ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އީ-މެއިލްކޮށްގެން ރެކޯޑު ސާފުކުރެވޭނެއެވެ.

- މި އިޢުލާނުގެ (ނ) ގެ 8 ވަނަ ނަންބަރާއި 9 ވަނަ ނަންބަރުގައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާއިރު އެއްވެސް ރެކޯޑެއް އޮތްނަމަ އެކަމުގެ ތަފްޞީލް އަދި ފައިސާއެއް ދައްކަން ޙުކުމް ކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށް، ކަމާބެހޭ އިދާރާކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ކުށާއި ދަރަނީގެ ރެކޯޑާއި އެއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ އެއް ފައިލެއްގެ ގޮތުގައި PDF ފޯމެޓުގައި ފައިލް ސައިޒް 5Mb އަށްވުރެ ބޮޑުނުވާގޮތަށެވެ.

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނީ 2026 ޖުލައި 1 ވާ ބުދަ ދުވަހުން ފެށިގެން 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމުގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އޮގަސްޓު 22 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިޚާބު އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ޤުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓު 24 ވާ ހޯމަ ދުވަހުގައެވެ.

01 ޖުލައި 2026
ހޯދާ