ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުން
2026 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމާއި، އަހަރުގެ ދެވަނަ ކުއާޓާގެ ބައްދަލުވުން 21 ޖުލައި 2026 ވަނަ ދުވަހުގެރޭ 20:45 ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުން.
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބަޖެޓުން ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިއްސާ ކުރުން.
- 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ޙިއްސާ ކުރުން.
- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
30 ޖޫން 2026
ހޯދާ
