މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމިޓީތައް އެކުލަވާލުން
އިޢުލާން
ކައުންސިލަށް ލަފާދޭ ކޮމިޓީތައް އެކުލަވާލުން
ކައުންސިލުން އެކުލަވާލާފައިވާ " މުލަކަތޮޅު މުލީ ކައުންސިލަށް ލަފާދޭ ކޮމިޓީތައް ހިންގުމުގެ އުޞޫލު" ގެ ދަށުން އެކުލަވާލާ ތިރީގައި މިވާ 5 ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ޖޫން 30 އިން ފެށިގެން 2026 ޖުލައި 09 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
- އެޑްވައިޒަރީ ކޮމިޓީ އޮން ގަވަރނެންސް، ފައިނޭންސް، އިކޮނޮމިކް ޑިވެލޮޕްމެންޓް، ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ޑިވެލޮޕްމެންޓް ޕްލޭނިންގ. (ދިވެހި ނަން: ވެރިކަން ހިންގުމާއި، މާލީ އަދި އިގްތިސާދީ ތަރައްގީއާއި، މަސްވެރިކަމާއި ދަނޑުވެރިކަން އަދި ރޭވުމާއިބެހޭ ލަފާދޭ ކޮމިޓީ)
- އެޑްވައިޒަރީ ކޮމިޓީ ފޯރ ފެމިލީ، ސޯޝަލް ސާރވިސަސް، ކޮމިޔުނިޓީހެލްތު، ޔޫތު، ސްޕޯރޓްސް، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު. (ދިވެހި ނަން: ޢާއިލާއާއި، އިޖުތިމާޢީ ޚިދުމަތްތަކާއި، މުޖުތަމަޢުގެ ޞިއްޙަތު، ޒުވާނުންނާއި، ކުޅިވަރާއި، ފަންނާއި ސަގާފަތް އަދި ތަރިކައާ ބެހޭ ލަފާދޭ ކޮމިޓީ)
- އެޑްވައިޒަރީ ކޮމިޓީ ފޯރ އެންވަޔަރަމަންޓް، ޓޫރިޒަމް، އެޑިޔުކޭޝަން، ސްކިލްސް އެންޑް އެމްޕްލޮޔަބިލިޓީ. (ދިވެހި ނަން: ތިމާވެއްޓާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ހުނަރު އަދި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ ލަފާދޭ ކޮމިޓީ)
- އެޑްވައިޒަރީ ކޮމިޓީ ފޯރ ރިލިޖަސް އެފެއާޒް. (ދިވެހި ނަން: ދީނީ ކަންތައްތަކާ ބެހޭ ލަފާދޭ ކޮމިޓީ)
- އެޑްވައިޒަރީ ކޮމިޓީ ފޯރ އެލްޑަރލީ/ ސީނިއަރސިޓިޒަންސް. (ދިވެހި ނަން: އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހިންނާ ބެހޭ ލަފާދޭ ކޮމިޓީ)
ވީމާ، މިކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 2026 ޖުލައި 09 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
30 ޖޫން 2026
ހޯދާ
