އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަޖިސް ނައްތާލުމާއި ގުޅޭ
މިރަށު ގޭގޭގައި ބެހެއްޓިފައިވާ ނަޖިސް ޖަމާވާ ޓޭންކްތަކާއި އަދި ނަޖިސް ފެން ހިންދާ ޓޭންކްތައް ފުރުމުން އެވަޅުތަކުގައިވާ ފެނާއި ނަޖިސް ނައްތާލަންވާނީ، އެދުވަސްވަރުގެ ވަޔާއި އޮއި ފަދަ މޫސުން ހުރިގޮތަށް ބަލާ ކައުންސިލުން ހުއްދަދޭ ސަރަހައްދަކަށް އަޅައިގެންނެވެ.
ނަޖިސް ނައްތާލުމަށް އަޅަންވީ ސަރަހައްދު އޮޅުން ފިލުވުމަށާއި ހުއްދަ ހޯއްދެވުމަށް މިކައުންސިލްގެ އިދާރާގެ އެސިސްޓެން ކައުންސިލް އެގްޒެގްޓިވް އަށް 7909133 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.
ނައްތާލަންޖެހޭ ނަޖިސް ކައުންސިލްގެ އިދާރާގެ ހުއްދަ ނެތި ރަށުގެ އެއްވެސް ސަރަހައްދަކަށް އެޅުމަކީ މަނާކަމެއްކަމުގައި އަންގަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
30 ޖޫން 2026
ހޯދާ
