ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ އަޅާ ސަރަހައްދުގައި ހުރި ރުއްގަހުގެ މަޢުލޫމާތު ހޯދުމަށްއެދި

ފ. ނިލަންދޫ އުޖާލާގޭގެ ދެކުނުން އޮތް ބްލޮކު (ހޯގޮޅާތެޅިމަގާއި މުންބަރު މަގާއި އަދި ކިޔެވެލި މަގާއި ދެމެދުގައިވާ ސަރަހައްދު) ގައި  ސްޕޯޓްސް އެރީނާއެއް އެޅުމަށްޓަކައި ބިން ސާފްކުރުމަށް ބޭނުންވާތީ އެސަރަޙައްދުގައި ހުރި އެކި ފަރާތްތަކުގެ ރުއްގަހުގެ މައުލޫމާތު ހޯދުމަށްއެދި މިއިދާރާގެ ނަންބަރު : (IUL)374-C/374/2026/15 އިޢުލާނުން 2026 ޖޫން 08ގައި  ވާނީ ޢާއްމުކޮށް އިޢުލާނުކޮށްފައެވެ.   އެހެންނަމަވެސް އިޢުލާންގެ މުއްދަތު ހަމަވިއިރުވެސް އެ ސަރަޙައްދުގައި ހުރި ބައެއް ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް ލިބިފައިނުވެއެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ އެތަކެތީގައި މިއިދާރާއިން ރަތް ކުލައިން ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ އެއްޗެއްކަން އެނގޭނޭހެން 2026 ޖުލައި 07 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި އިސްވެދެންނެވި ރުއްގަހުގެ މައުލޫމާތު މިއިދާރާއަށް ނުލިބުނު ނަމަވެސް އެތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

           15 މުޙައްރަމް 1448

            30  ޖޫން   2026  

30 ޖޫން 2026
ހޯދާ