ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމުގެ މުބާރާތް

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) ލިބޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިޚްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

 

ލޯގޯހުށަހެޅުން:

  1. ފަރުމާކޮށްފައިވާ ލޯގޯ 2026 ޖުލައި 14 ވަނަ ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ.
  2. އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ [email protected]  އަށެވެ.
  3. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 3 ލޯގޯއެވެ.
  4. ޝޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދޭންވާނެއެވެ.

 

ލޯގޯފަރުމާކުރުމާއިޝިއާރުކަޑައެޅުމުގައިސަމާލުކަންދޭންޖެހޭކަންތައްތައް:

  1. ލޯގޯއިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ރަމްޒުކޮށްދިނުން.
  2. ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން.
  3. އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯއާއެކުހުށައަޅަންޖެހޭމައުލޫމާތު:

  1. ލޯގޯ ހުށަހަޅާއިރު ކަވަރ ލެޓަރއެއް ހުށަހެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.

1.1.  ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއާއި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހުށަހެޅުން.

1.2.  ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން.

  1. ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށަހެޅުން.
  2. ލޯގޯގެ ސޮފްޓް ކޮޕީ 150 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީ.ޕީ.އައި ރިޒޮލިއުޝަންގައި ހުށަހެޅުން.
  3. ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށަހެޅުން.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މުޙައްރަމު 1448

30   ޖޫން  2026

30 ޖޫން 2026
ހޯދާ