އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އަލަށް ދޫކުރެވުނު ބަންޑާރަ ގޯތިތަކާއި ފަޅުގޯތިތަކުގައި ކޮނެފައިވާ ވަޅުތަކާ ގުޅޭ

މިރަށުން އަލަށްދޫކުރެވިފައިވާ ބަންޑާރަ ގޯތި ތަކާއި ފަޅުގޯތިތަކުގެ ތެރޭގައި ގިނަ އަދަދަކަށް ފުންކޮށް ވަޅުތައްކޮނެ ވަޅުތެރޭގައި ފެން ހުންނަ ގޮތަށް، ވަޅުތައް ހާމަކޮށް ދޫކޮށްލާފައިވާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ މިގޮތަށް ވަޅުކޮނެފައިވާ ގޯތިތަކުގެ އިންފާރާއި މަގުފާރުތައް ރާނާފައިނެތުމާއި، މިވަޅުތަކުގެ ވަށައިގެން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅެއްވެސް އަޅާފައި ނެތުމުން، މިފަދަ ވަޅުތަކުގެ ސަބަބުން ކުޑަކުއްޖަކަށް އަނިޔާއެއްލިބުން ނުވަތަ ފުރާނައަށް ގެއްލުންވުން ފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތްކަމެއްކަމުގައި މިކައުންސިލުން ދެކެމެވެ.

ވީމާ އަލަށްދޫކުރެވިފައިވާ ގޯތިތަކުގެ ތެރޭގައާއި ފަޅުގޯތިތަކުގެތެރޭގައި ފުންކޮށްކޮނެފައިވާ ވަޅުތަކުގެ ވަށައިގެން، އެވަޅުތަކުގެ ކައިރިއަށް ކުޑަކުދިންނަށް ނުދެވޭނެފަދަ ގޮތަކަށް ބަންދުކޮށްފައި ބެހެއްޓުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

30 ޖޫން 2026
ހޯދާ