މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެބިން ހަދައިދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލް އިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ކެބިން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު (ކޯޓޭޝަން) އާއެކު، މުއްދަތު ހަމަނުވާ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ މިނިސްޓްރީގެ ވިޔަފާރި އިންފޮމޭޝަން ޝީޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް މި އިދާރާއަށް ހާޒިރުވެވަޑައިގަތުން އެދެމެވެ.

  • ޕްރީ-ބިޑް މީޓިންގ (މަޢުލޫމާތު ސާފުކުރުން): 05ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގައި.
  • ބީލަން ހުށަހެޅުން (އަންދާސީ ހިސާބު ހުށަހެޅުން): 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.

މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައިވާ އެއްވެސް ކަމެއް ސާފުނުވާނަމަ، އެކަމެއްގެ މަޢުލޫމާތު ހޯދައި ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މުލަކަތޮޅު މުލަކުކައުންސިލް އިދާރާ

 މ. މުލައް

 ފޯން:  7707902 / 6723716

30 ޖޫން 2026
ހޯދާ