ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ގައިޑްލައިންތަކާއި ސްޓޭންޑަރޑްތައް ތައްޔާރުކޮށް ނޭޝަނަލް އައި.ޓީ ސްޓްރެޓެޖީ އެކުލަވައިލުމަކީ މި އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަންތަކެވެ. މި މެންޑޭޓުގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އައި.ޓީ ދާއިރާގެ ފަންނީ މުވައްޒަފުން، ސޮފްޓްވެއަރއާއި ހާޑްވެއަރ ރިކުއަޔަމަންޓްސްގެ ނީޑް އެނަލިސިސްއެއް ހެދުމުގެ ސަރވޭއެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން  2 މަސް ދުވަހުގެ މުއްދަތަށް ނޭޝަނަލް އައި.ސީ.ޓީ ސާރވޭގެ ނަމުގައި ކުރިއަށް ގެންދާ ސާރވޭގައި  މަސައްކަތް ކުރާނެ އައި.ސީ.ޓީ އޮފިސަރުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

އައި. ސީ. ޓީ. އޮފިސަރ

ބޭނުންވާ އަދަދު:

17 (ސަތާރަ)

މަސައްކަތުގެ މުއްދަތު:

2 (ދޭއް) މަސްދުވަސް

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ފަހެއް ޖަހަންދެން މަސައްކަތްކުރަންވާނެއެވެ.)

އުޖޫރަ:

ހާޒިރުވާ ކޮންމެދުވަހަކަށް  -/200 ރުފިޔާއާއި، އިތުރުގަޑީގެ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ.

ފެންވަރު/ޝަރުޠު:

1. ޖީ. ސީ. އީ. އޯލެވެލް ހަދާފައިވުން.

2. ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއެކު، ހާޑްވެއަރ މަސައްކަތްކުރާގޮތް އެނގުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި، ޝަރުޠާއި، ތަފްސީލާއި، "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގައި ވެބްސައިޓް www.ncit.gov.mv އިން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ އިދާރަތަކަށް ގޮސް ސާރވޭކުރުން.
  2. ސަރވޭއާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. ސަރވޭގެ ޑޭޓާތައް އެނަލައިކޮޒްކޮށް، ނަތީޖާ ތައްޔާރުމަށް އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބްރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި  ބަޔާންކޮށްފައިވާ  ލިޔެކިއުންތަކާއެކު،  ނޭޝަނަލް  ސެންޓަރ   ފޮރ  އިންފޮރމޭޝަން  ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް ނުވަތަ [email protected] އަށް)   ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ [email protected] އަށް ނުވަތަ [email protected] އަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)،

ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected] / [email protected] 

ވެބްސައިޓް: www.ncit.gov.mv

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ