މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތްކެޔޮ އިންދުމަށް ޚާއްޞަކޮށްގެން ދަނޑުބިން ދޫކުރުމުގެ އުޞޫލު - 2023- ފުރަތަމަ އިސްލާހު

ތަޢާރަފް

      މިއީ ފަތްކެޔޮ އިންދުމަށް ޚާއްޞަކޮށްގެން ދިގުމުއްދަތަށް ބިންދޫކުރުމާއިބެހޭގޮތުން މަޝްވަރާކުރުމަށް 27 ނޮވެމްބަރ 2023 ގައި ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 130 ( 2023 ވަނަ އަހަރުގެ 45 ) ވަނަ ޢާންމު ބައްދަލުވުމަށް ހުށަހެޅުނު އެޖެންޑާ ނަންބަރު 1 ގައިވާ މައްސަލާއާއިމެދު ކައުންސިލްގެ ނިންމުން ނަންބަރު CN-130/2023/65 ( 27.11.2023 ) ގައި ނިންމަވާފައިވާ ގޮތުގެމަތިން ފަތްކެޔޮ އިންދުމަށް ޚާއްޞަކޮށްގެން ދިގުމުއްދަތަށް ރ. ކިނޮޅަހުން ދަނޑުބިން ދޫކުރުމަށްޓަކައި ހަދާފައިވާ އުޞޫލެކެވެ.

މައިގަނޑު ބައިތައް

  1. މި ބޭނުމަށް ބިން ލިބޭނީ މިކަމަށް ފުރުޞަތު ހުޅުވާލައި ކައުންސިލުން އިޢުލާނު ކުރުމުން އެކަމަށް އެދި ހުށަހަޅައި ފަރާތްތަކުގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ ފަރާތްކަށެވެ.
  2. މި ބޭނުމަށް ބިމަށް އެދި ރ. ކިނޮޅަހުގެ ރަށްވެހިންގެތެރެއިން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހުށަހެޅިދާނެއެވެ.
  3. މި ބޭނުމަށް ދޫކުރެވޭ ބިމުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ.
  4. މި ބޭނުންމަށް ބިމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބިން ދޫކުރެވޭނީ އިވޭލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީގެންނެވެ. އިވެލުއޭޝަނަށްފަހު ޕޮއިންޓް އެއްވަރުވެއްޖެނަމަ ދަނޑު ލިބޭނެ ފަރާތެއް ކަނޑައެޅޭނީ ގުރުއަތު ލައިގެންނެވެ.
  5. މި ބޭނުމަށް ބިންނަގާ ފަރާތްތަކަށް އެގްރިމަންޓް ކުރެވޭ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެ އެވެ.
  6. ދަނޑުބިން ނަގާ ފަރާތްތަކުން ބިންތައް ސާފުކުރަންވާނީ ބޮޑެތިގަސް ވީހާވެސް މަދުން ކަނޑައިގެން ސާފުކުރެވެން އޮންނަ މިންވަރަކަށެވެ. އަދި ދަނޑުތައް ކޮށުމަށްފަހު ކުނި އަންދަންވާނީ، އިންވެގެން އޮންނަ ދަނޑުބިމަށް އަލިފާނުގެ އެއްވެސް ގެއްލުމެއް ނުލިބޭ ގޮތައް ކުޑަކޮށް ފުނިޖަހައިގެންނެވެ. އަދި މިގޮތުން އަންދާކުނި  އަންދާނީ ދުމުގެ ސަބަބުން ލިބޭގެއްލުން ވީހާވެސް ކުޑަވާނެ ގޮތްތަކަށް ބަލައިގެންނެވެ. މި ގޮތުންވެސް ނާދާ ދަނޑުން ބޭރުކުރަންޖެހޭ ކުނިބުންޏާއި ދަނޑުވެރިކަން ކުރުމުގައި އުފެދޭ ކުނިބުނި ނައްތާލާނީ ކައުންސިލުން ކުނި މެނޭޖްކުރުމާއިބެހޭގޮތުން ހެދިފައިވާ ޤަވާއިދުގައިވާ ގޮތުގެމަތިންނެވެ.
  7. ދަނޑުބިން ހަވާލުކުރެވޭނީ ބިމަށް އެދި ހުށަހަޅާ ފަރާތާއި މި ކައުންސިލާއި ދެމެދު ހެދޭ އެއްބަސްވުމެއްގެދަށުންނެވެ.
  8. ދަނޑުބިން ދޫކުރާ ދުވަހުންފެށިގެން 30 ދުވަހުގެ ތެރޭގައި ދަނޑުބިމުގެ އިން ވަކިކުރަންވާނެއެވެ.
  9. ދަނޑުބިންދޫކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދަނޑުވެރިކަންކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ކުރަން ފަށާފައި ނުވާނަމަ، އެއީ ބޭނުން ނުކުރާ ދަނޑުބިމެއްކަމަށް ކަނޑައަޅައި އެފަދަ ފަރާތްތަކުން ބިން ވަކިކުރުމުގެ އިޙްތިޔާރު މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާއަށް ލިބިގެން ވެއެވެ.
  10. އެއްވެސް ދަނޑުބިމެއް 6 މަހަށްވުރެ ދިގުމުއްދަތައް ބޭނުންނުކޮށް، ނުނޮޅާ ވާކޮށްފައި ބާއްވައިފިނަމަ އެއީ ބޭނުން ނުކުރާ ދަނޑުބިމެއްކަމަށް ކަނޑައަޅައި އެފަދަ ފަރާތްތަކުން ބިން ވަކިކުރުމުގެ އިޙްތިޔާރު މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާއަށް ލިބިގެން ވެއެވެ.
  11. ދަނޑުވެރިޔާ ހައްދާ ހުރިހާ ބާވަތްތަކެއްގެ ތަފާސް ހިސާބު ކައުންސިލުން އަންގާ ގޮތެއްގެމަތިން ހުށަހަޅަންވާނެއެވެ.
  12. ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނުނު) ގެ ދަށުން ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުން ކަނޑައަޅާ ޤަވާއިދުތަކާއި މިންގަޑުތަކާއި ޚިލާފުވެގެން ނުވާނެއެވެ.
  13. ކުއްޔަށް ދޫކުރެވޭ ބިންތަކާއި ބެހޭ ގޮތުން ސަރުކާރުން ޢާންމުކޮށް ހައްދަވަމުން ގެންދަވާ ޤަވާޢިދުތަކަށް ޙުރުމަތް ތެރިކޮށް ހިތަންވާނެ އެވެ.
  14. މި އުޞޫލަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ މި ކައުންސިލްގެ އާއްމު ބައްދަލުވުމަކަށް ހުށަހަޅައިގެން ފާސްވެއްޖެ ނަމައެވެ.
  15. ބިޑްހުށައަޅުއްވާއިރު ހުށައަޅުއްވާ އަގު ހިސާބު އަކުރުން އަދި ދިވެހި އަކުރުން ރަނގަޅަށް ލިޔުއްވުން
  16. އެންމެ ކުޑައަގަކަށް ހުށަހެޅޭނީ އަކަފޫޓަކަށް 10 ލާރީ ގެ މަގުންނެވެ.
  17. ކޮންމެ ފަރާތަކަށް ގިނަވެގެން ދޫކުރެވޭނީ 2000 އަކަފޫޓްގެ 2 ބިމެވެ. (މިހެން ނިންމަވާފައިވަނީ މިކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަނަ ޢާންމު ބައްދަލުވުމަށް އެޖެންޑާކުރެވިގެންނެވެ. )
  18. ދަނޑު ބިމުގައި ފަތްކެޔޮ އިންދުމުގެ އިތުރުން ބިލެއް އިންދިދާނެއެވެ. ( މިހެން ނިންމަވާފައިވަނީ މިކައުންސިލްގެ 4 ވަނަ ދައުރުގެ 189 ވަނަ ޢާންމު ބައްދަލުވުމަށް އެޖެންޑާކުރެވިގެންނެވެ. )
  19. އިވެލުއޭޓް ކުރުމުގައި މިންކުރެވޭނެ ގޮތް

މާކްސް ދޭ ބައިތައް

އަގު – % 100  (ޕަސަންޓް)

30 ޖޫން 2026
ހޯދާ