ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެލްކޯގައި ހުރި ސައިކަލްތަކެއް ނީލަންކިއުން

މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

- 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOA3015 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA5687) ހަލާކުވެފައިހުރ

- 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6216 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6221 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6224 ) ހަލާކުވެފައިހުރި

- 01 ސައިކަލް (ޑްރީމް )      ރަޖިސްޓަރީ ނަންބަރު ( AOA7717 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA7718 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOB1601 ) ހަލާކުވެފައިހުރި

- 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOC5366 ) ހަލާކުވެފައިހުރި

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/2,000 (ދެ ހާސް) ރުފިޔާ އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލުމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %25 އަށް ވާ -/15,000 (ފަނަރަ ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއި ހުށަހަޅުއްވާ އެންމެ މަތީ އަގު، ސިޓީއުރައެއްގައި ބަންދުކޮށް 2016 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރި ނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށްޓަކައި ނަންބަރު 7793503 ފޯނާގުޅުވުން  އެދެމެވެ.

10 ރަބީޢުލްއާޚިރު 1437 

20 ޖަނަވަރީ 2016
ހޯދާ