ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ތަކުން އުފެދޭ ކުނި ނަގައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގޭބިސީތަކުން އުފެދޭ ކުނި ނަގައިދިނުމުގެ މަސައްކަތް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 12 ޖުލައި 2026 ވަނަދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

- ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 11:00 ދެމެދު ގޭބިސީތަކުން އުފެދޭ ބަދިގެ ކުނި ނެގުން

- ގޭބިސީ ތަކުން ނަގާ ބަދިގެ ކުނި ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ގެންގޮސް އުކާލުން

މާކްސް ދޭނެ ގޮތް

-  އަގަށް :  80% ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )    

- ތަޖުރިބާ :  20% - މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ      އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ  ރިފަރެންސް ލިޔުންތަކަށް ބަލައިގެން  ކޮންމެ ލިޔުމަކަށް 4 މާކްސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 20 މާކްސް )

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް  ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.    އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. 

 

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ  އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީހިސާބު 12 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި  "ކުނި ނެގުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި، ތިރީގައިވާ ގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ގއ.ކަނޑުހުޅުދޫ / ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

  • އަންދާސީ ހިސާބު ހުޅުވާނީ 12 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.  
30 ޖޫން 2026
ހޯދާ