ދިވެހިރާއްޖެ
މިި ކުންފުނީގެ ތިލަފުށީ ސައިޓުގައި ހުރި ބާގަދަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.
ނީލަން ކިޔުން އޮންނާނީ 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގެ ފުރަތަމަ ފަންގިފިލާ (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
1- މި ތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށީ ސައިޓުގައެވެ.
2- މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށީ ސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމު ހަމަޖެހޭނެެވެ.
3- ނީލަން ކިޔަނީ ގާތްގަނޑަކަށް 400 ޓަނުގެ ބާދަގަނޑެވެ.
4- ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓުގައި ރަޖިސްޓަރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް -/10,000 (ދިހަ ހާސް) ރުފިޔާ 28 ޖަނަވަރީ 2016 13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
5- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑު އިވޭވަރަށް އަނގަބަހުންނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/1,500 (ފަނަރަ ސަތޭކަ) ރުފިޔާގެ ރޭޓުން -/600,000 (ހަ ލައްކަަ) ރުފިޔާއަށެވެ.
7- ނީލަމަށް އިތުރު ކުރެވޭނީ ފަހަރަކު -/1000 (އެއް ހާސް) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
8- ނީލަން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން ފައިސާ ދައްކަންވާނެވެ.
9- ނީލަން ނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުން ގެންގޮސް ނިންމަންވާނެއެވެ،
10- ދަގަނޑު ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.
މި ނީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.