ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

ގޯތި ވިއްކުމަށް ކޮށްފައިވާ އިޢުލާނުގެ ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން:


ކޮނޑޭ ކަރަންކާ މަގުގެ ހުޅަނގު ދެކުނުން ގއ.ކޮނޑޭ ސަކީނާ މަންޒިލް ހިމެނޭ 88 ނަންބަރު ކޮށިން  ބީލަމު އުޞޫލުން 5 ގޯތި ވިއްކުމަށް ކުރެވުނު ނަންބަރު (IUL)412/412/2026/31 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް، ބިޑް ގަނެފައިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ފެންނާތީ، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް، ބިޑް ގަނެފައިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން މި އިދާރާގެ ނަންބަރު (IUL)412/412/2026/31 އިޢުލާނުގައި ބަޔާން ކޮށްފައިވާ ބިޑް ހުށަހެޅުމާއި، ހުޅުވުމުގެ ސުންގަނޑި އަންނަނިވި ގޮތުގެ މަތިން ވަނީ ބަދަލު ކުރެވިފައެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބިޑް ހުށަހެޅުމާއި ހުޅުވުން

7 ޖުލައި 2026

އަންގާރަ

13:00

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

30 ޖޫން 2026
ހޯދާ