ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މާއްދާތައް ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ކިޔަވައި ދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.

  • އިސްލާމީ އަދަބު  
  • އިސްލާމީ ޘަޤާފާ
  • ކިޔަވައި ދިނުމުގެ ހުނަރު  
  • ހެދިބޮޑުވުމުގެ ނަފްސާނީ ޢިލްމު
  • އުޞޫލުއްތަރުބިއްޔާ                 
  • ކޮމްޕިއުޓިންގ                      

މުސާރަ:

އެމް.ކިޔު.އޭ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް -/150 ރުފިޔާ

އެމް.ކިޔު.އޭ ލެވެލް 9 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް -/200 ރުފިޔާ

ޝަރުޠު:

މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ޑިގްރީއެއް ހާސިލުކޮށްފައިވުން

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް  އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް މަސައްކަތަށް އެކަށީގެންވޭތޯ ބެލުމަށްޓަކައި ޢަމަލީ އިންޓަވިއުއެއް ބޭއްވޭނެއެވެ. މަޤާމުތަކަށް މީހުން ހަމަނުވާނަމަ، މުއްދަތު ހަމަވިޔަސް ސިޓީތައް ބަލައިގަނެވޭނެއެވެ.

14 ރަބީޢުލްއާޚިރު 1437

 

 

24 ޖަނަވަރީ 2016
ހޯދާ