ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގުވާ ގޮތަށް ހުރި ގަސްތައް ކޮށުމާގުޅޭ

ރަށުގެ ބައެއް ގެތަކާއި ގޯތިތަކުން މަގުމައްޗަށްވާ ގޮތަށް ހެދިފައިވާ ގަސްތަކާއި ގޮފިތަކުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީ، މަގުމައްޗަށް ނިކުމެ އާންމުންނަށް އުނދަގޫވާ ގޮތަށް ހުރި ގަސްގަކާއި ގޮފިތައް، މިއިޢުލާން ކުރާ ތާރީޚުން ފެށިގެން  15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޮށައި ސާފުކޮއްދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

               މިދެންނެވި މުއްދަތުގެ ތެރޭގައި ކޮށައި ސާފުނުކުރާ ގަސްތަކާއި ގޮފިތައް، އާންމުންގެ ސަލާމަތަށްޓަކައި މި ކައުންސިލްގެ ފަރާތުން ކޮށައި ސާފުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކައުންސިލުން ގަސްތައް ކޮށުމުގެ ތެރޭގައި ގަހަށް ނުވަތަ މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.

               މިފަދަ އެންމެހާ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

                              14    މުޙައްރަމް    1448  

29 ޖޫން 2026
ހޯދާ