ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތުގައި ކުރަން ހުރި މަރާމާތްތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުރުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު އަދި ސައިޓް ބެލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން ސައިޓް ބެއްލެވުން އެދެމެވެ.

 

 

މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅިގެން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

ކޯޓޭޝަން ހުށަހެޅުން އޮންނާނީ 02 ޖުލައި 2026 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

29 ޖޫން 2026
ހޯދާ