ދިވެހިރާއްޖެ
ބައެއް ފަރާތްތަކުން މިރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައާއި މަގުމަތީގައާއި، އާންމުންނަށް އުނދަގޫވާ ގޮތަށް ކެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް މިކައުންސިލަށް ދަނީ ޝަކުވާ ލިބެމުންދެއެވެ. މިގޮތަށް ކެއްކުމުގެ ސަބަބުން އުފެދޭ ދުމުގެ އަސަރު އަވަށްޓެރި ގެތަކަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ފޯރައި، ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރަމެވެ.
ވީމާ، މިއަދުން ފެށިގެން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައާއި މަގުމަތީގައި، އާންމުންނަށް އުނދަގޫވާ ގޮތަށް ކެއްކުމާއި، ދުން އެރުވުމުގެ މަސައްކަތް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. މިފަދަ މަސައްކަތްތައް ކުރާނަމަ އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ އިންތިޒާމެއްގެ ދަށުން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ރަށަކީ އެންމެނަށް އުޅެން ފަސޭހަ، ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިކައުންސިލުން ޝުކުރު ދަންނަވަމެވެ.
14 މުޙައްރަމް 1448
