ދިވެހިރާއްޖެ
މިކައުންސިލްގެ މުނިސިޕަލް މަސައްކަތްކުރާ 02 ބިދޭސީ މަސައްކަތުމީހުން ވަގުތީ ގޮތުން ބައިތިއްބުމަށް 1 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމަންޓް އެއް(ކަރަންޓާއި ފެން، ފާޚާނާ އާއި ކައްކެވޭގޮތަށް ހުރި) 06 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ: (IUL)417-IMS/417/2026/59 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ކުއްޔަށް ދޫކުރާގެ ވާންވާނީ ދިރިއުޅުމަށް އެކަށޭނެ ފަސޭހަ ތަނަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2026 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން އާއިއެކު ކުއްޔަށް ދޫކުރާތަނުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ. މިމަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތެއް ބަލައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.
