ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި އަމިއްލަ ގޮނޑީގައި ނަމާދުކުރުމަށް ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށް!

         ގދ. މަޑަވެލި މަސްޖިދުލް ބަރަކާތު އަދި މަސްޖިދުލް ތަޤުވާއަށް އަމިއްލަ ފަރާތްތަކުން ނަމާދުކުރުމަށް އަމިއްލަ ގޮނޑި އަރުވައިގެން ނަމާދު ކުރާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ކުރީ އަހަރުތަކުގައި އަމިއްލަ ފަރާތްތަކަކުން މިސްކިތަށް ނަމާދުކުރުމަށް އަރުވާފައިވާ އަމިއްލަ ގޮނޑި، އެގޮނޑީގެ ވެރިފަރާތްނޫން އެހެން ފަރާތްތައް ބޭނުންކުރުމުގެ ސަބަބުން މިސްކިތުގެ މާހައުލުގައި ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން މިކައުންސިލަށްވަނީ ފާހަނގަ ކުރެވިފައެވެ.

         ވީމާ، އެއްވެސް ފަރާތަކުން އަމިއްލަ ގޮނޑިއެއްގައި ނަމާދުކުރަން ބޭނުންވާނަމަ، ނަމާދުކޮށް ނިމިގެން މިސްކިތުން ފައިބާއިރު އެފަރާތެއްގެ އަމިއްލަ ގޮނޑި މިސްކިތުގައި ނުބެހެއްޓުމަށް ދަންނަވަމެވެ.

29 ޖޫން 2026
ހޯދާ