މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
އއ. އުކުޅަސް އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

                         އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

އއ. އުކުޅަސް އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ފަހުން ބީލަމާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:  https://forms.gle/y6StysMT6whAE7LXA
  • ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ  10:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
29 ޖޫން 2026
ހޯދާ