ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރުކަމަށް ވުމުގެ ފުރުސަތު
|
އިޢުލާން: |
B12C-A/[IUL]/2026/89 |
|
މަޤާމު: |
އަގުކޮމިޓީގެ މެމްބަރު |
|
ދަފްތަރުގެ މުއްދަތު: |
ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު |
|
ބޭނުންވާ އަދަދު: |
05 |
|
ކުރަންޖެހޭ މަސައްކަތް: |
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދާއިރާގެ އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން. |
|
އުޖޫރައާއި އިނާޔަތްތައް: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ
(ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ފަތުރު އެކޯޓަކުން ހަމަޖައްސައިދޭނެ) |
|
އަސާސީ ޝަރުތު: |
- ދިވެހި ރައްޔިތެއް ކަމުގައިވުން. -ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން. - ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަސައްކަތް ހަވާލުކުރުން: |
ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައަކާ ގުޅިގެން، ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ. |
|
ހުށަހަޅަންޖެހޭ ތަކެތި: |
- އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ސިޓީ - އައިޑީކާޑުގެ ކޮޕީ - މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ |
|
ސުންގަޑި: |
07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 |
|
އިތުރު މަޢުލޫމާތު: |
ގުޅޭނެ ނަންބަރު: 6528832 އީމެއިލް އެޑްރެސް: [email protected] |
