ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)343-AS/343/2026/32 އިޢުލާން ގައިވާ މައުލޫމާތު ދިނުމުގެ ސެޝަނަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހަދައިދިނުމުގެ މަސއްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ގަރާޖް ހެދުމާއި ގުޅޭ މައުލޫމާތު ސީޓް އިއުލާން އާ އެއްހީރަސްކޮށްފައިވާނެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 ޖުލައި 07ވާ އަންގާރަ ދުވަހުގެ 11:00އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ޖުލައި 07ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
29 ޖޫން 2026
