މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1

                         `

                                                                                 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް                  

   މާލެ، ދިވެހިރާއްޖެ                                               

 

 

                     އިޢުލާން

 

މަޤާމުގެ ނަން:

ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

01

ޖޮބް ފެމެލީ:

ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓަރީ ސަރވިސް.

މަޤާމުގެ މުސާރަ:

މަހަކު  7,535.00  ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  2,260.00  ރުފޔާ

ހާޒިރީ އެލަވަންސް:

ދުވާލަކަށް  60.00  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

މާފުށި ޖަލު

ފެންވަރު ނުވަތަ ޝަރުތު:                      

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ލިޔަން ކިޔަން އެނގުން.

   ނުވަތަ؛

   2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައވުން.

   3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް  ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.

   4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުންއެކަހެރިވުމަށް

      ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުގެ ސްޓާފް އޭރިއާ ފޮޅައި ސާފު ކުރުން.
  • ޖަލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ޖަލު ތައްޔާރުކުރުމަށް އެހީތެރިވުން.
  • އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން.
  • މުވައްޒަފުން އުޅޭ ސަރަހައްދާއި އޮފީހުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • އޮފިސަރުންގެ އިރުޝާދާއި އެއްގޮތަށް އެކިއެކި ކަންކަމުގައި އެހީތެރިވުން.

މަޤާމާއި ގުޅޭ ދާއިރާ:

ކުނިކަހާ ފޮޅާ ސާފު ކުރުމުގެ މަސައްކަތް/ ލިޔެކިއުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާއި ގުޅޭ މަސައްކަތް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  3. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  2. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  3. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  4. ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2026 ޖުލައި 07 ވާ އަންގާރަ ދުވަހުގެ 18:00 ނިޔަލަށް  މި ސަރވިސްގެ މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobsމެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

                                      29 ޖޫން 2026

 

     

 

29 ޖޫން 2026
ހޯދާ