ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލްގެ 5 ވަނަ ޤުރްއާން މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން

1448ވަނަ އަހަރުގެ ޤުރުޢާން މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ 05 ވަނަ ޤުރުޢާން މުބާރާތް 1448" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތީން ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅޭނެ މުއްދަތު 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 އަށް

މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

29 ޖޫން 2026
ހޯދާ