މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ނ. މާޅެންދޫ ކައުންސިލުން ޢިމާރާތްކުރާ "މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 07 ޖުލައި 2026 (އަންގާރަ) ދުވަހުގެ 13:00 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢްލާނާއި ގުޅިގެން ބިޑްހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢްލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑްމީޓިންއެއް 08 ޖުލައި 2026 ދުވަހު 10:00 ގައި ނ. މާޅެންދޫ ކައުންސިލު އިދާރާގެ މީޓިންގް ރޫމްގައި އޮންނާނެއެވެ.

މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 12 ޖުލައި  2026 ވާ އާދީއްތަ  ދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 މުޙައްރަމް 1448

29 ޖޫން  2026

29 ޖޫން 2026
ހޯދާ