ދިވެހިރާއްޖެ
| މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޓެކްނިކަލް ސަރވިސް (ޕީ. އެސް. ރޭންކް 7 ) | |
|---|---|
| ބޭނުންވާ އަދަދު :2 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.
|
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، ޓެކްނިކަލް ސަރވިސް (ޕީ. އެސް. ރޭންކް 7 ) |
|
އަދަދު: |
2 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްނިކަލް، އެންގޭޖްމަންޓް އެންޑް އެޑިއުކޭޝަން ޑިޕާޓްމަންޓް / ޓެކްނިކަލް ސަރވިސް ޑިވިޜަން |
|
އަސާސީ މުސާރަ: |
މަހަކު -/12,365 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު -/5,770 ރުފިޔާ |
|
ހާޒިރީ ޢިނާޔަތް: |
-/155 ރުފިޔާ (ހާޒިރުވާ ދުވަހަކަށް) |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސްގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި އެކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން - ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޓެކްސް ބިލުތަކާއި އެހެނިހެން ބިލުތައް ރިވިއުކޮށް ބިލުތަކަށް މީރާއިން ހުށަހަޅާ ކޮމެންޓްތައް ތައްޔާރުކުރުން - ދައުލަތުގެ އިދާރާތަކުން ތައްޔާރުކުރާ ރެގިއުލޭޝަންތަކުގެ ދެލިކޮޕީތަކަށާއި، ދައުލަތުގެ އިދާރާތަކާއި އެހެން ގައުމުތަކާއި ނުވަތަ ބައިނަލްއަޤްވާމީ މުވައްސަސާތަކާ މެދު ވެވޭ އެއްބަސްވުންތަކުގެ ދެލިކޮޕީތައް ރިވިއުކޮށް، ޓެކުހާގުޅޭ ގޮތުން ދޭންޖެހޭ ފަންނީ ލަފާ ދިނުން - ޓެކްސް ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި ޓެކްސް ޤާނޫނުތަކާއި ޤަވާއިދުތައް މާނަކުރުމަށް އެކުލަވާލަންޖެހޭ ޓެކްސް ރޫލިންގތަކާއި އެފަދަ އެހެނިހެން ލިޔެކިޔުން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި، އެ ލިޔެކިޔުންތައް ތައްޔާރުކުރުން - ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާއި އެފަދަ އެހެން ލިޔެކިޔުންތައް ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރުން - ޓެކްސްގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ބޭނުމަށް، ވަކިވަކި ކަންކަމާ ގުޅޭގޮތުން ދިރާސާކޮށް، ދިރާސާ ކަރުދާސް ތައްޔާރުކުރުން - ޓެކްސް ބަޔާންތަކާއި މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން ފޯމުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ޓެކްސް ބަޔާންތަކާއި ފޯމުތައް ޑިޒައިންކޮށް ތައްޔާރުކުރުމާއި، ޓެކްސް ބަޔާންތައް މީރާގެ އޮންލައިން ސިސްޓަމްތަކުގައި ޑިވެލޮޕްކުރުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން. - މީރާގެ މުވައްޒަފުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާގުޅޭ ފަންނީ ލަފާދިނުން |
|
ޝަރުޠު: -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ - އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ، - ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން. |
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.
- އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ޖުލައި 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް
Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
