ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

1 މާރިޗު 2016 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ފެބުރުވަރީ 2016 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގައި ނޫރާނީ ސްކޫލުގައި

މަޢުލޫމާތު ދިނުން

04 ފެބުރުވަރީ 2016 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގައި ނޫރާނީ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން

ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރެވޭނީ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތަކާއެވެ.                                 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.    

ވީމާ، މިކަން ޢާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016
ހޯދާ