ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 07 ވަނަ އާއްމު ޖަލްސާ (2026/16)

ޖަލްސާ ބޭއްވި ތާރީޚް: 28 ޖޫން 2026

ޖަލްސާ ބޭއްވި ގަޑި: 09:00 އިން 08:30 އަށް

ކައުންސިލްގެ ނިންމުން

1. މައްސަލައިގެ ޚުލާޞާ:

-  މަހުގެ ބާވަތްތަކުން ތަކެތިއުފެއްދުމަށް ދޫކުރާ ވަގުތީ، ބިންތަކުގެ މުއްދަތާމެދު މަޝްވަރާކުރުން

.މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

- މަހުގެ ބާވަތްތަކުން ތަކެތިއުފެއްދުމަށް ދޫކުރާ ވަގުތީ، ބިންތަކުގެ މުއްދަތާމެދު ކުރެވުނު މަޝްވަރާގައި 1 ޖުލައި 2026 ން ފެށިގެން ބިންތައް އައު ކުރާއިރު ތިން އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލާ ޢާޤިޞާ ޢަބްދުއްލަޠީފް ހުށަހެޅުމުން ރިޔާސަތުން މިކަމަށް ވޯޓަށް އެއްސެވިއެވެ.

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3

28 ޖޫން 2026
ހޯދާ